ކާރަކާއި ސައިކަލެއް ޖެހި މާލޭގައި މިރޭ އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގައިފައިވަނީ މިރޭ 20:35 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި އެކްސިޑެންޓްގައި އެއްވެސް ފަރާތަކަށް ގެއްލުން ވެފައި ނުވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
އެކްސިޑެންޓް ހިނގައިފައިވަނީ، ބުރުޒުމަގު އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ކާރަކާއި، ޖަނަވަރީ ހިނގުމުން ބުރުޒުމަގަށް ހުރަސްކުރި ސައިކަލެއް ޖެހިގެންނެވެ.
އެކްސިޑެންޓުވި ދެ އުޅަނދު ދުއްވި މީހުންގެ އަތުގައިވެސް ލައިސަންސް އޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ.