މާލޭގެ ގެއެއްގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އެމްބިއުލާންސްގައި އައިޖީއެމް ހޮސްޕިޓަލަށް ގެންދާކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 06:25 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މަރުވެފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

"އެމީހާގެ މަރާ ގުޅޭގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުން." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ބައެއް ފަރާތްތަކުން ބުނެފައިވަނީ މަރުވެފައި އޮތް ޒުވާނާ ފެނިފައިވަނީ މައްޗަންގޮޅީ ކުދިރަތްމާ ގޯޅީގައި ހުރި ގެއަކުން ކަމަށެވެ.
Mahchangolhi kudhiraiymaa goalhi therey huri geyakun maruvefa oiy zuvaanaku nerigen @igmhmv ah 06:25 haa iru gengossi.Balaa belumah heevanee varah gina iru vefa oiy hen.Gayah hoduves levifa othee @PoliceMv @Mihaarunews @Raajje_tv @raajjemv @cnm_mv pic.twitter.com/Nn9EapdahU
— AD'DEY (@Addey_33) August 18, 2019
ފުލުހުން ވިދާޅުވީ، އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.
މިކަމުގެ އިތުރު ތަފްސީލު ހޯދުމަށްޓަކައި އައިޖީއެމް ހޮސްޕިޓަލަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބެއް ނުދެއްވާތީ އިތުރު މަޢުލޫމާތު ވަނީ ސާފުވާގޮތް ނުވެފައެވެ.