މާލެ އިން ހުޅުމާލެއަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ޕަކަޕެއް ކޮންޓްރޯލް ނުވެގެން ގޮސް ބުރިޖާއި ގުޅިފައިވާ ހަލިމަގު (ހައިވޭގެ) ގައި އެކްސިޑެންޓްވެއްޖެއެވެ.
ބާރު ސްޕީޑްގައި ދިޔަ ޕިިކަޕް މިއަދު ހެނދުނު އެކްސިޑެންޓްވެފައިވަނީ ހަލިމަގުގެ އެއްފަރާތުގެ ފެންސްގައި ޖެހިގެންނެވެ.
ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެކޮޅުން ހަލިމަގު ނިމޭ ހިސާބުގައި ކަމަށާއި، މި އެކްސިޑެންޓާއި ގުޅޭ މައުލޫމާތު ލިބިފައި ވަނީ، މިއަދު ހެނދުނު 11:30 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ނުވިނަމަވެސް ޕިކަޕަށާއި، އަރިމަތީ ފެންސްތަަަކަށް ބޮޑެތި ގެއްލުންތަކެއްވެފައި ވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.