ދިވެހިރާއްޖޭގެ ޤާނޫނުހަދާ މަޖިލިސް، ރައްޔިތުންގެ މަޖިލިސް ކެއުމުގެ ތެރެއިން ފެނުނީ ކޮންޑަމެއް ނޫން ކަމަށް މަޖިލީސް އިދާރާއިން ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫސް “ޖަޒީރާ ނިއުސް” ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވެފައިވަނީ “ކޮންޑަމް”އެއް ކަހަލަ އެއްޗެއް ފެނިފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު، ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ކޭންބެއްލެވުމަށް އިންތަށީގެ ތެރެއިން ކަމަށެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު އާއި ހަވާލާދީ "ވަގުތު" ނޫޙުން ވިދާޅުވީ މަޖިލިސް ކެއުމުން ފެނުނީ ކާއެއްޗެހި ހަލާކުވިޔަ ނުދީ ރައްކާ ކުރަން ބޭނުންކުރާ ފުޑް ރެޕްގެ ތަންކޮޅެއް ކަމަށެވެ.
"އެއީ މަޖިލީހުގެ ކޭޓަރިން އިން ޖެހުނު މައްސަލައެއް ކަމަށް ބެލެވޭ، ކާއެއްޗެހީގެ ތެރެއިން ފުޑް ރެޕްގެ ތަންކޮޅެއް އޮތް ސަބަބު ބެލުމަށް ދަނީ ވާހަކަ ދައްކަމުން" ޒިޔާއު "ވަގުތު" ނޫހައް ވިދާޅުވިއެވެ.
މި މައްސަލަ ފެންމަތިވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވަގުތު އެތަނަށް ވަޑައިގެން އެތަން ބައްލަވާފައިވާކަމަށްވެސް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެފައިވެއެވެ.
މެންބަރު ޝިޔާމު ކޭންބައްލަވަނިކޮށް “ކޮންޑަމެއް” ކަހަލަ އެތި، ކަރުތެރޭގައި އެ އަޅައިގަތީ ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފަރިއްކޮޅުގެ ކަންކަން ހަމަޖައްސަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގައެވެ. މެންބަރުންގެ ފަރިއްކޮޅަށް ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއްވެސް ހިނގައެވެ.
ހިޔާލު
ސިޔާމަކީ އެ ވައްތަރުގެ މީހެއް.އެ ހެންވެ އޭނާޔައް ހީވާނެ އަބަދުވެސް ފަތެއް ފެނުނަސް
ކޮމެންޓް ކުރުން ބަންދު