އެމްޑީޕީ ކައުންސިލަރުންގެ ކޮންފެރެންސް ބުރާސްފަތި ދުވަހު ފަށަނީ

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް، އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންގެ ކޮންފެރެންސް ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފިއެވެ.

މިއަދު އެއްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ފަށާއިރު، ކޮންފަރެންސް ކުރިއަށް ދާނީ ދެ ސެޝަނަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ސެޝަން އޮންނާނީ ބުރާސްފަތި ދުވަހުއެވެ.

"ބުރާސްފަތި ދުވަހު ރޭ ވެސް އަޅުގަނޑުމެން އެބަ އިންތިޒާމު ކުރަން މިނިސްޓަރުނާއި ވުޒާރާތަކާއި ކައުންސިލަރުންނާއި ބައްދަލު ކުރެވޭނެ ގޮތަށް , ކައުންސިލަރުން ޖެހެނީ ކުރީ ބައިގަ ކޮންފަރެންސް އަށް ވަޑައިގެން ސުވާލު ކުރައްވަން ބޭނުންވާ މިނިސްޓަރާ ގުޅޭގޮތުން ރެޖިސްޓްރީ ކުރައްވަން " އަފްޝާން ވިދާޅުވިއެވެ.

ހުޅުމާލޭގައި ބާއްވާ މި ކޮންފަރެންސްގައި ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތަށް ސަރުކާރުގެ އިދާރާތަކާއި ބަދަލު ކޮށް ހިއްސާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީއަށް ނިސްބަތްވާ 300 އަށްވުރެ ގިނަ ރަށު، އަތޮޅު އަދި ސިޓީ ކައުންސިލަރުންނަށް ދައުވަތު އެރުވިފައިވާ ކަމަށް އަފްޝާން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް