ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނެރުން ހުއްޓާލައިފި

ދިވެހިރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިންގާ އެންމެހާ އިދާރާތަކާއި، ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ބަންދު ދުވަސް ތަކުގައި މަސައްކަތަށް ނެރުން ހުއްޓާލުމަށް އެމިނިސްޓްރީން ނިންމައިފިއެވެ.

މިކަން އަންގައި އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ސްކޫލަތަކަށް ފޮނުވި ސަރކިއުލާއެއްގައި ވިދާޅުވެފައިވަނީ ސަރުކާރުން ކަނޑައަޅައި، ކަލަންޑަރ ކޮށްފައިވާ އާންމު ބަންދު ދުވަސްތައް (ޕަބްލިކް ހޮލިޑޭސް) އަދި ހުކުރު ދުވަހު އެޑިއުކޭޝަން މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިންގާ އެންމެހާ އިދާރާތަކާއި، ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތަށް ނެރުން ހުއްޓާލުމަށް މިނިސްޓްރީން ނިންމާފައިވާކަމަށެވެ.

އެހެންނަމަވެސް ޤައުމީ މުނާސަބަތުތައް ފާހަގަކުރުމަށްޓަކައި، ވަކި ސްކޫލަކަށް މަސައްކަތެއް މަތިކުރެވިއްޖެނަމަ އެމަސައްކަތަށް ބޭނުންވާ މުވައްޒަފުން މިނިސްޓްރީގެ ހުއްދައާއެކު ނެރުން އިސްތިސްނާވެގެންވާކަމަށް އެސަރކިއުލާގައިވެއެވެ.

ބަންދު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރެން އެންގިއިރު، އެކަޑެމިކް ކަލަންޑަރު ރާވާފައިވާ ގޮތުން ސްކޫލުގައި ޓީޗަރުން ގިނަ ވަގުތު ހޭދަކުރަންޖެހެ އެވެ. ކުޅިވަރުގެ އެކި މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކުރުމުން ފެށިގެން ސްކޫލުގައި ހިންގާ އެކި ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅެން ޖެހެނީ ޓީޗަރުންނެވެ.

މިލިޔުން ކިޔާލުމުން
151
ގުޅުންހުރި ލިޔުންތައް

ހިޔާލު

 1. Haha

  Thiya kameh neyge… miadh hendhunuh sureh scout aa guide cub scout r hingan nikume ulheni hama teacharun….. thiya ee liyumuga onnaane ehcheh.. amalaku noon…. ot nulibunas nikunan beynun teachers nikunaane… e ee emeehun dhuvahun dhuvaha niman jehey mashakaithah nimen annani hukuru dhuvahu ves nikumegen

 2. ޔާސިރު

  ތީތި ކަމަކުނުދޭ ހޭބަލިވުމެއް ތީ!؟؟!!!!!؟

 3. Gari

  Kithan me v nu nukun naashey bun nakas ninikume havaalu kurevifaiva massaikath en me rangalhakah nukurevey ne geyga thibegen ves
  kuran jeheny emadsaikath madhama ge filhavalha medhu visna leveny

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް