ތުރުކީގެ ގާފިލާ އަކަށް ދިން ހަމަލާއެއްގައި ތިން މީހުން މަރުވެއްޖެ

ތުރުކީގެ ހަނގުރާމަވެރި ގާފިލާ އަކަށް ސީރިޔާ ސަރުކާރުގެ ފައުޖުތަކުން ދިން ހަމަލާއެއްގައި ތިން މީހުން މަރުވެއްޖެ އެވެ.

މި ހަމަލާ އަމާޒުކޮށްފައިވަނީ ސީރިޔާގައި ހަނގުރާމަކުރާ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސީރިޔާގެ އުތުރުގެ ހިސާބަކަށް ދަތުރުކުރަމުންދިޔަ ގާފިލާ އަކަށެވެ.

ވައިގެ މި ހަމަލާގައި މަރުވެފައިވާ ތިން މީހުންނަކީވެސް އާމުންގެ މީހުން ކަމަށް ތުރުކީއިން ބުނެއެވެ. އަދި ތުރުކީއިން އިތުރަށް ބުނެފައިވަނީ ސީރިޔާ ސަރުކާރުން އިދްލީބް ޕްރޮވިންސަށް މިއަދު ދިން ހަމަލާގައި 12 މީހުން ޒަހަމްވެފައި ވާކަމަށެވެ.

އިދްލީބަކީ ސީރިޔާގައި މިހާރު ހަނގުރާމަ ކުރަމުންދާ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ މަދު ސަރަހައްދު ތަކުގެ ތެރެއިން އެއްސަރަހަދެވެ. ސީރިޔާ ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އިދްލީބް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމަށެވެ.

މިގޮތުން މިއަހަރުގެ އޭޕްރީލް މަހު ސީރިޔާ ސަރުކާރުން ފަށައިފައިވާ އޮޕަރޭޝަނުގައި މިހާތަނަށްވަނީ އެތައް ސަތޭކަ ބަޔަކު މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ