ސިނަމާލެ ބުރިޖު މަތީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އެކަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފިއެވެ.
މިއެކްސިޑެންޓް ހިނގައިފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރަމުންދިއަ ސައިކަލެއް ކަހާލައިގެން ގޮސް ވޭނެއްގެ ފަހަތުގައި ޖެހިގެންނެވެ. އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން މީހާ އަށެވެ.
ފުލުހުން ބުނެފައިވަނީ ސިނަމާލެ ބުރިޖުގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މައްސަލަ މިރޭ 6:50 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައި ވާކަމަށެވެ. އަދި އެކްސިޑެންޓް ހިނގި ދެ އުޅަނދު ދުއްވަން އިން ފަރާތުގެ އަތުގައިވެސް އެއެއްޗެހި ދުއްވުމުގެ ލައިސެންސް އޮތް ކަމަށެވެ.
ސައިކަލް ދުއްވަން އިން މީހާއަށް ލިބުނު ގެއްލުމުގެ މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.
މިމައްސަލަ މިހާރު އަންނަނީ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންނެވެ.