ކ. އަތޮޅު ކަނޑޫމާ ތިލައަށް ޑައިވިންގއަށް ގޮސް އުޅެނިކޮށް މިމަހުގެ 18 ވީ އާދީއްތަ ދުވަހު ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
22 މީހުންނާއެކު ޑައިވިނަށް ފޭބި ފަހުން ޚަބަރެއް ނުވެގެން ހޯދަމުންދަނީ އުމުރުން 41 އަހަރުގެ ޗައިނާއަށް ނިސްބަތްވާ އަންހެން ފަތުރުވެރިޔެކެވެ.
އެމްއެންޑީއެފް އިން މިއަދު ހެނދުނު ވިދާޅުވީ، ގެއްލުނު ފަތުރުވެރިޔާ ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ހުއްޓުމެއްނެތި އަދިވެސް ހަރަކާތްތެރިވަމުންދާ ކަމަށާއި، މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާކަމަށެވެ.

އާދީއްތަ ދުވަހު މެންދުރުފަހު 13:10 ހާއިރުކަމަށާއި، މިހާދިސާގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެސަރަހަށްދަށް ގޮސް އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވެއެވެ.
އެމްއެންޑީއެފުންވަނީ އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ބައްލަވައި ދެއްވުމަށާއި އަދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ގުޅުމަށް އެދިފައެވެ.

ގެއްލުނު މިއަންހެން މީހާ އެންމެ ފަހުން ލައިގެން ހުރީ ހުދުކުލައިގެ ރޭޝްގާޑް ސޫޓެއް ކަމަށާއި، ހުދު ކުލައިގެ ފިންސަކަށް އަރާފައިވާއިރު، ކަޅުކުލައިގެ ބޯޔަންސީ ކޮންޓްރޯލް ޑިވައިސް (ބީސީޑީ) އެއް މީނާ އަޅައިގެންހުރި ކަމަށްވެސް މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.