ރ. ހުރުވަޅީގައި ކާޕް ޑިއެމް މޯލްޑިވްސްގެ ނަމުގައި ހިންގި ރިސޯޓު ރީބްރޭންޑުކޮށް "ދަ ސްޓޭންޑާޑް ހުރުވަޅި މޯލްޑިވްސް"ގެ އަލުން ހުޅުވައިފިއެވެ.
ދަ ސްޓޭންޑާޑް ހުރުވަޅި މޯލްޑިވްސް ރިސޯޓުން ލިބޭނެ ހިދުމަތްތަކަށް ބަލާއިރު، އެ ރިސޯޓިގައި 115 ޕްރައިވެޓް ޕޫލް ވިލާ ހުންނާނެއެވެ. އަދި 6 ބާވަތެއްގެ ކެއުން ލިބޭނެ ރެސްޓޯރެންޓުތައް ހުންނައިރު، މި ރެސްޓޯރެންޓްތަކުން ތާޒާ ސީ ފުޑް ބާބަކިޔުގެ ރަހަތައް ލިބެން ހުންނާނެއެވެ.
މީގެއިތުރުން މި ރިސޯޓުން ދިވެހި ރަހަތައް ތަޖުރިބާކުރުމުގެ ފުރުސަަތުތައްވެސް ފަތުރުވެރިންނަށް ލިބިގެންދާނެއެވެ.
އެމެރިކާގެ ވިޔަފާރި ކުންފުންޏެއް ކަމުގައިވާ ދަ ސްޓޭންޑާޑް އިން ތަރައްގީކޮށްފައިވާ މި ރިސޯޓަކީ އެ ކުންފުނިން އޭޝިއާ ސަރަހައްދުގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ.