އުފަންވާ ކޮންމެ ކުއްޖަކަށް "ތަންމަތި ފޮށި" ދިނުން އަންނަ އަހަރަށް ފަސްކޮށްފި

އުފަންވާ ކޮންމެ ކުއްޖަކަށް މި ސަރުކާރުން ދޭން ވައުދުވި "ތަންމަތި ފޮށި" ދިނުން ފެށޭ އަހަރު ދޭ ގޮތަށް ފަސްކޮށްފި އެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ އާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ހާއްސަ ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮއްޓަކާ އެކު، އުފަންވާ ތުއްތުކުއްޖާއަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި ގާތުން ދިނުމާ ބެހޭ މުހިންމު ސިއްހީ މައުލޫމާތުތަކުގެ ލުއިފޮތެއް ހިމެނޭ "ބޭބީ ބޮކްސް" އަކީ ސަރުކާރުގެ 90 ދުވަސްތެރޭގައި ފުއްދުމަށް ސަރުކާރުން ވެފައިވާ ވައުދެކެވެ.

ނަމަވެސް މިހާތަނަށް މި މަސައްކަތް ފެށިފައިނުވާއިރު، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އުފަންވާ ކޮންމެ ކުއްޖަކަށް ބޭބީ ބޮކްސް ދިނުމަށް ފެށޭ އަހަރުގެ ބަޖެޓުގައި ޖަހަން ނިންމާފައިވާ ކަމަށެވެ. 

ބޭބީ ބޮކްސް އަކީ ދުނިޔޭގައި ކުރިއަރައިފައިވާ ބައެއް ގައުމުތަކުގައިވެސް އެގައުމުތަކުގެ ސަރުކާރުން އާއިލާތަކަށް ފޯރުކޮށްދޭ ހިލޭ ހިދުމަތެކެވެ.

ރައީސް ސޯލިހްގެ ފުރަތަމަ 100 ދުވަސްތެރޭ، ސަރުކާރުގެ ވަޒިފާ އަދާކުރާ މަންމައަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް ދޭން މިހާރު ފަށާފައިވާއިރު، އުފަންވާ ކޮންމެ ކުއްޖަކަށް މި ސަރުކާރުން ދޭން ވައުދުވި "ތަންމަތި ފޮށި" އިޖްތިމާއީ ރައްކާތެރިކަން ގާއިމްކުރުމުގެ ގޮތުން ސަރުކާރުން ވެފައިވާ ވައުދެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް