މުޙައްމަދު ނިޒާރު - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ޕީސީބީގެ ރައީސް ކަމުން ނިޒާރު އިސްތިޢުފާ ދެއްވައިފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ރައީސްކަމުން މުހައްމަދު ނިޒާރު އިސްތިއުފާދެއްވައިފި އެވެ

ނިޒާރު އެމަޤާމުން އިސްތިއުފާ ދެއްވާފައި މިވަނީ ޕީސީބީ އަލުން އެކުލަވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވަނިކޮށެވެ.

އޭނާ މި މަޤާމުން އިސްތިޢުފާ ދެއްވިކަން އިޢުލާނު ކުރެއްވި އިރު، އެމަޤާމު ފަސް އަހަރު އޭނާ ވަނީ ފުރުއްވާފައެވެ. ނިޒާރަކީ ސަރުކާރަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ 34 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ. ނިޒާރު އެމަޤާމަށް އައްޔަން ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ.

ޕީސީބީގެ ގާނޫނު ބުނާގޮތުން އެ ބޯޑުގައި ހަތް މެންބަރުން ތިބެންޖެހެ އެވެ. ނަމަވެސް ނިޒާރު އިސްތިޢުފާ ދެއްވުމާއި ގުޅިގެން މި ވަގުތު އެ ބޯޑުގައި ތިބީ ފަސް މެންބަރުންނެވެ. އެއީ މެމްބަރު އަލީ ވާސިފްއާއި، މެމްބަރު އަޝްރަފް އަލީއާއި މެމްބަރު ހުސެއިން އަލީ ހަބީބްގެ އިތުރުން މެމްބަރު އަލީ ޝުޖާއުއެވެ. އެ ބޯޑުން މެންބަރުން ވަކިކުރުމާއި އައްޔަން ކުރުމުގެ ބާރު ލިބިފައި އޮންނަނީ ރައީސުލް ޖުމްހޫރިއްޔާއަށެވެ. ބޯޑުގެ މެންބަރުންނަށް މަޖިލީހުގެ ރުހުން ލިބެން ޖެހެއެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ