ހުޅުމާލެ ނެރުގެ ކަނޑިންމަ މައްޗަށް ލޯންޗެއް އަރައިފިއެވެ.
ހުޅުމާލެ ނެރުމައްޗަށް އަރާފައިވަނީ އެސްޓީއޯގެ ލޯންޗެކެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު 15:30 ހާއިރުއެވެ.
މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދޯންޏެއްގެ އެހީގައި އެ ލޯންޗް ފުން ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
