ސަރުކާރުގެ ދެ ޔުނިވާސިޓީގެ ޗާންސެލަރ ކަމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި

މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ޑރ. މުހަންމަދު ޒާހިރު ހުސެއިން އައްޔަން ކުރައްވާ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ޑރ. ހަސަން ހަމީދު މިއަދު އައްޔަން ކުރައްވައިފި އެވެ.

މި ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުއްވާފައި ވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރކަމަށް މިއަދު އައްޔަނު ކުރެއްވި ޑރ. ޒާހިރު އަކީ މީގެ ކުރިންވެސް އެ ޔުނިވަރސިޓީގެ ޗާންސެލަރ ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޒާހިރު ވަނީ ޤައުމީ ޔުނިވަރސިޓީގައިވެސް ޗާންސެލަރ އެއްގެ މަޤާމު އަދާކުރައްވާފައެވެ. ޒާހިރު އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރކަމުން ދުރުކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 އޮގަސްޓް 22 ގައެވެ. އެ މަޤާމުން ދުރު ކުރައްވާ އޭނާ ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ މުޝީރަކަށް ހަމަޖައްސަވާފައެވެ.

ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރކަމަށް އައްޔަން ކުރެއްވި ޑރ. ޙަސަން ވަނީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރކަމުގެ މަޤާމާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ރެކްޓަރގެ މަޤާމުގެ ފުރުއްވާފައެވެ. އޭގެ އިތުރުން ތަޢުލީމީ ދާއިރާގެ އެކިއެކި މަޤާމުތައްވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް