ޕްރައިވެޓައިޒޭޝަން ބޯޑުން ނިޒާރު އިސްތިއުފާ ދެއްވައިފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ރައީސް މުހައްމަދު ނިޒާރު އިސްތިއުފާ ދެއްވައިފިއެވެ.

ނިޒާރު އިސްތިއުފާ ދެއްވިކަމަށް ހާމަކުރެއްވީ އޭނާ ކުރެއްވި ޓްވީޓަކުންނެވެ.

ނޫކުލައިގެ ޓައި އެއް ފެންނަ ފޮޓޯއަކާއި އެކު ޓްވީޓު ކުރައްވަމުން ނިޒާރު ވިދާޅުވީ އޭނާ އެޓައި ނެންގެވީ އެމަގާމުގައި ފަސް އަހަރާއި 26 ދުވަހު ހޭދަކުރެއްވުމަށްފަހު ކަމަށެވެ. އަދި ދައުލަތަށް 34 އަހަރު ހިދުމަތް ކުރެވިއްޖެ ކަމަށް އޭނާގެ ޓްވީޓުގައި ފާހަގަ ކުރައްވާފައިވެއެވެ. އެޓްވީޓުގައި ނިޒާރު ވަނީ ދައުލަތަށާއި ޕީސީބީގެ މުއައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ