މަޖިލިސް ކުރާގެ ކުރީގައި ހުންނަ ގޮތް - ފޮޓޯ: މަޖިލިސް

މީރާއަށް ބަދަލުތަކެއް ގެންނަން ޤާނޫނު އިސްލާޙު ކުރަން ހުށަހެޅި ބިލު ބަލައިގެންފި

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަދަލުތަކެއް ގެންނަން ޤާނޫނު އިސްލާޙު ކުރަން ހުށަހެޅި ބިލު ބަލައިގަތުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ ފާސްކުރި އެބިލް ސަރުކާރު ފަރާތުން އިލްޔާސް ލަބީބު ހުށަހަޅާފައިވާއިރު، އެބިލަށް 72 މެންބަރުން ވަނީ އިއްތިފާގުވެފައެވެ.

މީރާގެ ޤާނޫނަށް އިސްލާޙު ގެނައުމާއިބެހޭ ބިލާއި ބެހޭގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު އިސްލާހު ކުރުމުގެ ބޭނުމަކީ މީރާ ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރު ޖަވާބުދާރީ ކުރުވޭ ގޮތް ހެދުންކަމަށާއި، މިހާރަށްވުރެ ހާމަކަން ބޮޑު ނިޒާމެއް ތަޢާރުފުކުރުމަށާއި، ޓެކްސް ދައްކާ ފަރާތްތަކަށް މިހާރަށްވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމެވެ.

މީރާގެ ޤާނޫނަށް ބަދަލުގެންނަ ބިލްގައި ހުށައަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި، ހިމެނެނޭ ކައްތަންތަކުގެ ތެރޭގައި ބޯޑު އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއެކު، ބޯޑުގެ ހިންގުމުގެ ނިޒާމު ބަދަލުކުރުމާއި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގެ މުއްދަތެއް ކަނޑައެޅުމާއި، މީރާގެ ބޯޑުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖެއްސުންވެސް ހިމެނެއެވެ.

މީގެއިތުރުން ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން، މީރާގެ ނުވަތަ ކޮމިޝަނަރ ޖެނެރަލްގެ ނިންމުމަކަށް އިޢުތިރާޟްކޮށް މީރާއަށް ހުށަހެޅޭ ހުށަހެޅުންތަކަށް ގޮތެއް ނިންމުމަށް މީރާއަށް މުއްދަތެއް ޤާނޫނުގައި ކަނޑައަޅައި، އެ މުއްދަތުގެ ތެރޭގައި މީރާއިން ގޮތެއް ނިންމަން ލާޒިމުކުރުމާއި، މީރާއިން ކަނޑައަޅާ ޢަދަދުގެ ތެރެއިން ޓެކްސް ދައްކާ ފަރާތުން އިޢުތިރާޟްކުރާ ޢަދަދުގެ %30 ދެއްކުމަށްފަހު ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭ ގޮތަށް ހަމަޖެއްސުމުގެ އިތުރުން، ޓެކްސް ރޫލިންގ މެދުވެރިކޮށް ގަވާއިދުތަކަށް ގެނެވޭ އިޞްލާޙުތަކަކީ ކޮބައިކަން ޢާންމުން ހޭލުންތެރިކުރުމުގެ ގޮތުން ޓެކްސް ރޫލިންގތަކަަކީ ޤާނޫނާއި ގަވާއިދުތަކުގެ ދާއިރާގެ ތެރެއިން ނެރެވޭ ރޫލިންގތަކެއް ކަމުގައި ހަމަޖެއްސުމަށާއި، އެފަދަ ރޫލިންގތަކަށް ޢަމަލުކުރަން ފެށުމަށް ޤާނޫނުގައި ވަކި މުއްދަތެއް ބަޔާންކުރުންވެސް މިއިސްލާޙުގައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ