މަޖިލީހުގެ ޖަލްސާއެއްގައި ޢަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ޑީއާރްޕީން ޓީވީ ޗެނަލެއް އުފައްދަނީ

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން ޓީވީ ޗެނަލެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޕާޓީން ބުނެފިއެވެ.

މިކަން ހާމަކޮށް ޑީއާރުޕީން މިއަދުކުރި ޓްވީޓެއްގައި ބުނެފައިވަނީ އެއްވެސް ފަރާތަކަށް ނުޖެހި ހަމަހަމަ ކަމާއި އެކު ކުރިއަށް ގެންދާ ޓީވީ ޗެނަލެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިމަސައްކަތަކީ ޑީއާރުޕީގެ ލީޑަރު ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ އިސްނެގުމަކަށް ކުރާ މަސައްކަތެއް. މިކަމުގެ ސަބަބުން ޕާޓީ ޙަރަކާތްތައް އިތުރު ކުރެވި، މަޢުލޫމާތު އިތުރު މެންބަރުންނަށް ފޯރުކޮށްދެވޭނެ." ޑީއާރުޕީން ބުންޏެވެ.

ޑީއާރުޕީގެ ލީޑަރުކަމަށް މިދިޔަ ޖުލައިމަހު ޖާބިރު ހަމަޖެއްސިފަހުން، އެޕާޓީން އަންނަނީ ޕާޓީ އިތުރަށް ވަރުގަދަކޮށް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެޕާޓީ ހެދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޑީއާރުޕީއަށް 3000 މެންބަރުން ހަމަވެއްޖެކަމަށް ޖާބިރު މީގެ ދެހަފްތާ ކުރިން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ8 މެންބަރަކު އެޕާޓީއާއި ގުޅޭނެކަމުގެ އިޝާރާތެއްވެސްވަނީ ދެއްވާފައެވެ.

މީގެއިތުރުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ ޑީއާރުޕީންކަމަށްވެސް ޖާބިރުވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ