ރާއްޖޭގެ ދެ ޔުނިވާސިޓީ ކަމަށްވާ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ އަދި ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ކަމަށް ބޭފުޅުން އައްޔަން ކޮށްފިއެވެ.
މިގޮތުން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ކަމަށް ޑރ. މުހައްމަދު ޝަރީފު މިއަދު އައްޔަން ކުރައްވައިފިއިވާއިރު މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ކަމަށް ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވަނީ އައްޔަން ކޮށްފައެވެ.
މި ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުއްވުން މިއަދު ރައީސް އޮފީހުގައި ވަނީ ބާއްވައިފަ އެވެ.
މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ އަދި ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސިލަރުކަމަށް ކުރިން ހުންނެވި ޑރ. އަލީ ފަވާޒު ޝަރީފް އަދި އައިޝަތު ހަލީލާ ވަނީ އެމަގާމުތަކުން ވަކިކޮށްފައެވެ.
މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދުވަނީ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ އަދި ގައުމީ ޔުނިވަރސިޓީގެ ޗާންސިލަރު ކަމަށްވެސް ބޭއްފުޅުން އައްޔަން ކުރައްވައިފައެވެ. މިގޮތުން ގައުމީ ޔުނިވާސިޓީގެ ޗާންސެލަރކަމަށް އައްޔަން ކޮށްފައިވަނީ ޑރ. ހަސަން ހަމީދެވެ. އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ ކަމަށް އައްޔަން ކޮށްފައިވަނީ ޑރ. މުހަންމަދު ޒާހިރު ހުސައިން އެވެ.