ހަރަކާތްތެރި އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވުމަށް އަމާޒު ހިފާފައިވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ އެޑްވައިޒަރުގެ މަޤާމަށް، ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ފައުންޑަ މެމްބަރު އަދި 'ދިވެހި އޮބްޒާވާ' ހިންގެވި އަހުމަދު ޝަފީގު މޫސާ (ޑީއޯ ސައްޕެ) ހަމަޖައްސަވައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ، ޑީއާރުޕީގެ ރަސްމީ ޓްވިޓަރ އެކައުންޓުން މިއަދު ހެނދުނު ކުރެއްވި ޓްވީޓަކުންނެވެ.
#DRP ge Leader Hon @chairmanjabir ge Advisor kamuge magaamah Ahmed Shafeeg (DO Sappe) hamajassavaifi @sunbrk @Mihaarunews @1onlinemv @avasmv @psmnewsmv @VTVvmedia pic.twitter.com/REfjexhxUm
— DRP (@drpmaldives) August 21, 2019
ސައްޕެ ޑީއާރުޕީގެ ލީޑަރުގެ އެޑްވައިޒަރުގެ މަޤާމަށް އައްޔަންކުރެއްވިއިރު، ސައްޕެ ވަނީ މިއަހަރުގެ ކުރީކޮޅު "ދަރުމަވަންތަ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވާފައެވެ.
ސައްޕެ އޭރު ވިދާޅުވެފައިވަނީ، އެމްޑީޕީން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމެވީ ސިޔާސީ މާހައުލުގައި ރަނގަޅު ޕާޓީއެއް، ލީޑަރެއް އަދި މީހަކު ހަރަކާތްތެރި ނުވާތީ ފުރިހަމަ ސިޔާސީ ޕާޓީއެއް ވުޖޫދަށް ގެނައުމަށްޓަކައި ކަމަށެވެ.
ޑީއާރުޕީގެ ލީޑަރުގެ އެޑްވައިޒަރުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެއްވިއިރު، އެ ޕާޓީން ޓީޗީ ޗެނަލެއް އުފެއްދުމަށްވެސް ވަނީ ނިންމާފައެވެ.
މެންބަރުން އިތުރުކުރުމުގެ މަސައްކަތް ޑީއާރުޕީ އިން ފަށާފައިވާއިރު، އެ ޕާޓީގެ އަމާޒަކީ 2013 ގައި ވެރިކަމަށް އައުން ކަމަށް އެޕާޓީގެ ލީޑަރު ވަނީ ވިދާޅުވެފައެވެ.