އިންޑިއާގައި ހެލިކޮޕްޓަރެއް ވެއްޓި ގިނަ ބަޔަކު މަރުވެއްޖެއެވެ.
އިންޑިއާގެ މީޑީއާތަކަގެ ހަބަރުތަކުން ލިބޭ މައުލޫމާތުން އިނގޭގޮތުގައި، ހެލިކޮޕްޓަރު ވެއްޓިފައިވަނީ އިންޑިއާގެ އުއްތަރު ކާށީ ޑިސްޓްރިޓް އަށެވެ.
ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދުން މިހާތަނަށް ތިން މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށް މައުލީމާތު ލިބެއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ވެއްޓިފައިވަނީ އިންޑިއާއަށް ކުރި ވިއްސާރާގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކަށް އެހީ ހިފައިގެން ދަތުރު ކުރި ހެލިކޮޕްޓަރެކެވެ.