ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮތީ އެލާޓްގައި ނޫންކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލް އިން މިގޮތަށް ބުނެފައި މިވަނީ ގޮވާ ޒާތުގެ އެއްޗެއް ވެލާނާ އިންޓަނޭޝނަލް އެއަރޕޯޓުން ފެނިގެން އެއަރޕޯޓުގައި ސިފައިން ހަރަކާތްތެރި ވަމުންދާކަމަށް ބުނެ މީސްމީޑިއާގައި ޚަބަރު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
އެމްއޭސީއެލްގެ އޮފިޝަލަކާއި ހަވާލާދީ މިހާރު ނޫހުގައި ބުނެފައިވަނީ، އެއާޕޯޓުގެ އޮޕަރޭޝަން ނޯމަލް ކަމަށާއި ފުލުހުން އާދައިގެ މަތިން ކުރިއަށް ގެންދާ ރޫޓިން ޗެކިން މިރޭ ކުރިއަށް ގެންދާ ކަމަށެވެ.
މީސްމީޑިއާގައި މިރޭ ދައުރުވި ވާހަކަތަކުގައި ވާގޮތުން އެއަރޕޯޓުންވަނީ އައިއީޑީ އެއް ފެނިފައެވެ. އަދި މިކަން ސަރުކާރުން ސިއްރުކޮށްފައިވަނީ ފަތުރުވެރިކަމަށް ގެއްލުމެއް އަތުވެދާނެތީއެވެ. ނަމަވެސް މިވާހަކަތައް މިހާރުވަނީ ފުލުހުންވެސް ދޮގު ކޮށްފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ބައެއް ވެހިކަލްތައް ޗެކް ކުރުމުގެ މަސައްކަތް އެއަރޕޯޓުގައި ސިފައިންނާއި ފުލުހުން ކުރަމުންގެންދަނީ ސަލާމަތީ ބާރުތަކުން ހެދި ސެކިއުރިޓީ އެސެސްމެންޓަކާއި ގުޅިގެން އެޚާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ބެލުމުގެ ގޮތުންނެވެ.