މާލެއަށް އުދަ އަރާފައި - ފޮޓޯ: ވަގުތު

ބޮޑު ދިޔައިގައި އުދަ އެރުން އެކަށީގެންވޭ - މެޓް

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ އެކި ސަރައްދުތަކުގެ ރަށްތަކަށް އުދަ އެރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، ރާޅުގެ އުސްމިން އުޅޭނީ ފޫޓަކާއި 2 ފޫޓާއި 5 ފޫޓާއި ދެމެދުގައި ކަމަށެވެ.

"ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އުތުރުގެ އަތޮޅުތަކަށް އެންމެ ދިޔަވަރު ބޮޑުވާނީ ހަވީރު 15:10 ގައެވެ. އަދި މެދުރާއްޖެތެރޭގެ ސަރަހައްދަށް ހަވީރު 16:07 ގައި އެންމެ ދިޔަވަރު ބޮޑުވާއިރު، ދެކުނުގެ ރަށްތަކަށް އެންމެ ދިޔަވަރު ބޮޑުވާނީ ހަވީރު 16:55 ގައެވެ.

ރާއްޖޭގެ އެކިހިސާބަށް ކެރީގެއަސަރު ފޯރި ނަމަވެސް، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ