ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން - އިދިކޮޅު

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށް އިދިކޮޅު ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

ބާރަށު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް ސުޖާ (ސުޖާ) މިގޮތަށް ވިދާޅުވެފައި މިވަނީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސުޖާ ވިދާޅުވީ، ސަރުކާރުން ލޯކަލް ކައުންސިލް އިންތިހާބު ނުބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު މިހާރު ލިބޭ ކަމަށާއި، ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ނިޔަތުގައި ލޯކަލް ކައުންސިލް އިންތިހާބު ދިގު ދަންމާލަން ސަރުކާރުން މަސައްކަތް ކުރާކަމަށްވެސް ސުޖާ ވިދާޅުވިއެވެ.

ސުޖާ އިތުރަށް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަޅުގަނޑުމެންނާއި ބައްދަލު ކޮއްފިނަމަ ބޮޑުތަނުން ބަލިކުރާނެ ކަމަށާއި، މިކަން އެނގޭތީވޭ، ސަރުކާރުން މިހާރު މި އިންތިހާބު ނުބާއްވައި ދިގު ދަންމާލަން މަސައްކަތް ކުރަނީ ކަމަށް ސުޖާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ