ރައީސް މަޢުމޫނުގެ އައު ސިޔާސޯ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް މެންބަރުން ހަމަކުރުމުގެ ޚާއްޞަ ކެމްޕޭނެއް މާދަމާރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެ ޕާޓީން ވިދާޅުވެއްޖެއެވެ.
އެމްއާރުއެމުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ޕާޓީއަށް މެންބަރުން ސޮއި ކުރުމުގެ ޚާއޞަ ހަރަކާތެއް މާދަމާރޭ އެންދެރިމާގޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
"އެމްއާރުއެމް އަށް ތާއީދުކުރާ ގިނަ އަދަދެއްގެ ފަރާތްތަކުގެ އެދުމުގެ މަތިން މާދަމާރޭ 08:45 އިން 10:00 އަށް ފޯމް ފުރުން އެންދެރިމާގޭގައި (އޮންނާނެ)." އެމްއާރުއެމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އެމްއާރުއެމް އިން ވިދާޅުވީ، "ރައީސް މަޢުމޫނާ އެއްކޮށް އެމްއާރުއެމަށް" ގެ ނަމުގައި މާދަމާރޭ ކުރިއަށް ގެންދާ މި ޚާއްޞަ ހަރަކާތުގައި ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އެމްއާރުއެމް ގެ ނަމުގައި އައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަނަށް އިލެކްޝަންސް ކޮމިޝަނުން ދެއްވާފައިވަނީ މިހިނގާ ފެބުރުވަރީ މަހުގެ 19 ވަނަ ދުވަހުއެވެ.