އައްޑޫ ސިޓީ ހިތަދޫގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.
ރޭ ފަތިހު 4 ޖަހާކަންހާއިރު ތޫނު އެއްޗަކުން ހަމަކާދީ ޒަހަމްކޮށްލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ.
ބިދޭސީ މީހާގެ މޫނަށް ހަމަލާދިނުމުގެ ސަބަބުން ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، މި މާރާމާރީ ހިންގާފައިވަނީ
ހިތަދޫ ބޮޑު މަގުގައި ހުންނަ ހިޔާދޭގޭގެ ކައިރިންނެވެ.
ރޭގެ މާރާމާރީގައި ޒަހަމްވި މީހާއަށް ހުތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
ހިތަދޫގައި އުޅޭތާ ގިނަ ދުވަސްވީ އެ ބިދޭސީ މީހާއަށް ހަމަލާދިން މައްސަލަ ފުލުހުން އަންނަނީ ތަހްޤީގު ކުރަމުންނެވެ.




