ޒައިން މާލިކް

ޒައިން މާލިކް އޭނާގެ ގައިގައި ޖަހާފައި ހުރި ޓެޓޫ ދައްކާލައިފި

އުމުރުން 26 އަހަރުގެ ޒައިން މާލިކް އަކީ  ގިނަބައެއްގެ ހިތްތަށް ފަތަހަ ކުރަމުން އަންނަ މަޝްހޫރު ލަވަކިޔުންތެރިއެކެވެ. ގިނަ ލަވަ ތަކަކުން ގިނަ އަންހެން ކުދިންގެ ހިތްތަކާ ކުޅެލަމުން އަންނަ ރިތި އަޑެއްގެ ވެރިއެކެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު އިންސްޓަގްރާމް ގައި ޓީޝާޓް ނުލާ ޕޯސްޓް ކޮއްފައި ހުރި ސެލްފީއަކުން ޒައިން މާލިކް މިވަނީ އޭނާގެ ގައިގައި ޖަހާފައި ގުރި ޓެޓޫތަށް ދައްކާލައިފައެވެ. އެއްވެސް ކެޕްޝަން އެއް ނުޖަހާ ލާފައި ހުރި މި ފޮޓޯއަށް މިވަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދެ މިލިއަން އަށްވުރެ ގިނަ ލައިކްސް ލިބިފައެވެ. އަދި އޭގެ އިތުރުން ގިނަ ކޮމެންޓްސް ތަކެއް ލިބިގެން ދިޔަ މި ފޮޓޯ ވެގެން ގޮއްސްފައި މިވަނީ ވަރަށް ކާމިޔާބު ފޮޓޯއަކަށެވެ.

ޒައިން މާލިކް އޭނާގެ އިންސްޓަގްރާމް ގައި ޕޯސްޓްކޮއްފައިވާ ފޮޓޯ

އޯޑިއޯ ލަވަތަކުގެ އިތުރުން ޒައިން މާލިކް މިވަނީ ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ވެސް ފެނިގެން ގޮއްސައެވެ. އޭގެތެރޭގައި ލެޓް މީ، ޕިލޯ ޓޯކް، އެޓެންޝަން ގެ އިތުރުން ޑަސްކް ޓިލް ޑޯން ވެސް ހިމެނެއެވެ.

ޒައިން މާލިކް އަކީ ގިނަ ދިވެހި އަންހެން ކުދިންގެ ހިތްތަކުގައި ވެސް ރަސްކަން ކުރަމުން އަންނަ މޮޅު ލަވަ ކިޔުންތެރިއެކޭ ބުނުމަކުން ދޮގަކަށް ނުވާނެ ކަން ޔަގީނެވެ. ނަމަވެސް ޓެޓޫ ޖެހުމަކީ ދީނީގޮތުން ބަލާނަމަ ރަނގަޅު ކަމެއް ނޫމެނޫންމެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް