މާލޭގައި ޕާކްކޮށްފައިހުރި ބައިސްކަލެއް ރޫޅާލަން އުޅުނު ދިވެއްސަކު، ފުލުހުން ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައެވެ.
ފުލުހުން ވިދާޅުވީ، މިއަދު މެންދުރު 12:16 ހާއިރު ހީނާމާގެ ޕާކިންގ ޒޯންގައި ހުރި ބައިސްކަލެއް ރޫޅާލަން އުޅުނު 27 އަހަރުގެ ދިވެހި ފިރިހެނެއް ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
Miadhu 12:16 ehaakanhaairu, Heenaamaage parkin zone gai huri bicycle eh roolhaalan ulhunu 27yrs ge dhivehi firihenaku huttuvaa fuluhunge belumuge dhashah genesfaivey. #GalolhuPolice pic.twitter.com/RyPVPuJunF
— Maldives Police (@PoliceMv) October 4, 2019
ބައިސްކަލެއް ރޫޅާލަން އުޅުނު ދިވެއްސަކު ހައްޔަރުކުރިއިރު، މަސްތުވާތަކެތި ބޭނުންކުރާ ދިވެހިން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެއާއެކު ވައްކަމާއި ފޭރުންވެސް އިތުރުވެފައިވާއިރު، މިފަދަ ފަރާތްތައް ހޯދުމުގައި ފުލުހުންވެސް ބުރަ މަސައްކަތްތަކެއް ކުރާކަން ފާހަގަކޮށްލެވެއެވެ.




