'ރެގިއުލަރައިޒޭޝަން ޕްރޮގްރާމް' ގެ ދަށުން 'ރެގިއުލަވައިޒްވާން' އެދޭ ބިދޭސިން ދަފްތަރު ގައި ރަޖިސްޓްރީ ވުމަށްޓަކައި ދޫކުރަމުން ގެންދިޔަ "ކިޔު ނަންބަރު" ދޫކުރުން ގަލޮޅު ދަނޑަށް ބަދަލު ކުރުމާއެކު ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ވަދެ ގަލޮޅު ދަނޑު ފުރާލައިފިއެވެ.
'ރެގިއުލަރައިޒޭޝަން ޕްރޮގްރާމް' ގެ ދަށުން 'ރެގިއުލަވައިޒްވާން' އެދޭ ބިދޭސިން ދަފްތަރު ގައި ރަޖިސްޓްރީ ވުމަށްޓަކައި ދޫކުރަމުން ގެންދިޔަ "ކިޔު ނަންބަރު" ދޫކުރުން ގަލޮޅު ދަނޑުގައި ކުރިއަށްދަނީ pic.twitter.com/OmZXAbk6TQ
— Economy & Trade (@MoEDmv) October 5, 2019
މިއީ ރާއްޖޭގައި ޤާނޫނާއި ޚިލާފަށް އުޅެމުންދާ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް ފުރުޞަތު ދިނުމުގެ ގޮތުން ސަރުކާރުން ހުޅުވާލި ފުރުޞަތެކެވެ. މި ފުރުޞަތުގައި ރާއްޖޭގައި ޤާނޫނާއި ޚިލާފަށް މަސައްކަތް ކުރަމުންދާ ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ ޤާނޫނީ އިމުގެ ތެރެއަށް ވަންނަމުންނެވެ.
މި ފަރާތްތަކަށް ކުރިން ކިޔޫ ނަންބަރު ދޫކުރަމުން ދިޔައީ ކުރީގެ ޕީޖީ އޮފީސް ހިންގި އިމާރާތުގައި ހުންނަ، އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓްގައެވެ. އެ ޔުނިޓްގައި ނަންނަބަރު ދޫކުރަން ފެށުމާއި ގުޅިގެން ބިދޭސީންގެ ދިގު ކިޔުތަށް ދިޔައީ ހަދަމުންނެވެ. އޭރު އެ މިނިސްޓްރީން ދޫކުރަމުން ދިޔައީ ދުވާލަކު 100 އާއި 150 އާއި ދޭތެރޭ އަދަދެއްގެ ކިޔޫ ނަންބަރެވެ.
އެ ސަރަހައްދުގައި އޮތް ބިދޭސީންގެ ދިޔު ކިއުތަކަށް ހަލެއް ހޯދުމަށް ޓަކައި މިއަދުން ފެށިގެންވަނީ ބިދޭސީން ރަޖިސްޓްރީވުމަށްޓަކައި ކިޔޫ ނަންބަރު ދޫކުރުމުގެ މަސައްކަތް ގަލޮޅު ދަނޑަށް ބަދަލުކޮށްފައެވެ.

ގަލޮޅު ދަނޑުގައި ކިޔޫ ނަންބަރު ދޫކުރުން ކުރިޔަށް ދާނީ ހެނދުނު 09:00 އިން ހަވީރު 5:00 އަށެވެ.
ރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު އެތައް ހާހަކަށް އަރާއިރު ސަރުކާރުން ވަނީ ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ބޮޑެތި މަސައްކަތް ތަކެއް ފަށާފައެވެ. އެގޮތުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2023 އަހަރުގެ ނިޔަލަށް ޤާނޫނާއި ޚިލާފަށް އުޅޭ ބިދޭސީން %33 އަށް ދަށް ކުރުމަށް ވަނީ ހިމަނާފައެވެ.
ރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު 63،000 ވުރެ ގިނަކަމަށް ކަމާގުޅޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.




2 Responses
koba mikamuga ihumaalu vee meehun naa mikamaa gulhe vuzaaraa thakuge
veringe zinma
mee football matches balangosthibi meehunehnoon mee qavaaidhaa khilaafh raajeyga ulhey bidheyseen, mee qaumee salaamathah oiy nurakkaleh noonthoa?