ބިރުދައްކައިގެން ބަދުއަހުލާގީ އަމަލު ހިނގި މީހަކު ހައްޔަރުކޮށްފި

19 އަހަރުގެ ޒުވާން އަންހެން ކުއްޖަކަށް ބިރުދައްކައިގެން ބަދުއަހުލާގީ އަމަލު ހިނގި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ފޮޓޯތަކެއް ލީކުކޮށްލާނެކަމަށް ބުނެ ބިރުދައްކައިގެން އަންހެނަކާއިމެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި 22 އަހަރުގެ ދިވެހި ފިރެހެނަކު ރޭ 00:15 ހާއިރު ހައްޔަރުކޮށްފައި ވާކަމަށެވެ.

މިހާދިސާ ހިނގައިފައިވަނީ މާލޭގައިކަން ފުލުހުން ކަށަވަރުކޮށްދީފައި ވީނަމަވެސް މިހާދިސާއާއި ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.

މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ