މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު - ފޮޓޯ: މަޖިލިސް

ރައީސް ނަޝީދު އިސްތިއުފާ ދިން ދުވަހުގެ މައްސަލައެއް މަޖިލީހުން ބަލަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި މުޒާހަރާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފިއެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ، ފެބްރުއަރީ 7، 2012 ގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ މައްސަލަ ބަލައި ދިނުމަށް އެދި މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއް ދިރާސާ ކުރުމުގެ މަސައްކަތެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީއާއެކު މަޖިލީހުގައި ތިބެ މިފަދަ މައްސަލައެއް ބަލަން ފެށިއިރު، އެ ދުވަހުގެ މުޒާހަރާގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން މަޖިލީހުގައާއި ސަރުކާރުގެ އިސް މަގާމުތަކުގައި އެބަ ތިއްބެވިއެވެ.

އޭގެ ތެރޭގައި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ރައީސް ނަޝީދު އަބަދުވެސް ތުހުމަތު ކުރާއިރު، ވެރިކަން ބަދަލުވިގޮތް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަނުން ބުނެފައިވަނީ، ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށާއި، ނަޝީދު އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ