މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ނަންފުޅުތަކެއް ރައީސް މަޖިލީހަށް ފޮނުއްވައިފި

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ މިއަދު ރައްޔިތުންގެ މަޖިލީހަށް ނަންފުޅުތަކެއް ފޮނުއްވައިފިއެވެ.

މީރާގެ ގާނޫނަށް މިދިޔަ މަހު މަޖިލީހުން ގެނައި އިސްލާހުގައި ބުނެފައިވަނީ، އެ ގާނޫނު ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންއާއި، ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ހިމެނިވަޑައިގަންނަވާ ގޮތަށް މީރާގެ ބޯޑު އަލުން އެކުލަވާލަން ޖެހޭނެކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހަށް އެ މުއްދަތު ހަމަވިނަމަވެސް މީރާގެ ބޯޑު އަދި އެކުލަވާލާފައެއް ނުވެއެވެ. އެހެން ކަމުން މީރާ މިހާރު އޮތީ ގާނޫނީ ހުސް ކަމެއްގަ އެވެ.

ރައީސް ވަނީ މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އައްޔަން ކުރަން އަށް ބޭފުޅެއްނެ ނަން މަޖިލީހަށް ހުށައަޅާފައެވެ. އެގޮތުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވީ ދެ ނަމެކެވެ. އެއީ މީރާގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ފަތުހުﷲ ޖަމީލްއާއި ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދުގެ ނަމެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އައްޔަން ކުރަން ހަ ނަމެއް ރައީސް ފޮނުއްވި އެވެ. އެއީ މުހައްމަދު ސިރާޖު މުނީރާއި، އަސްމާ ޝަފީއުއާއި، އަހްމަދު ޝަރީފާއި، އިސްމާއީލް ސާޖިދާއި، އަހްމަދު ވާފިރުގެ އިތުރުން ހަމްދީ އަގީލް ގެ ނަމެވެ.

މަޖިލީހުން މިހާރު ވަނީ އެ ނަންތަކަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފައެވެ.

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޔަޒީދު މުހައްމަދެވެ. ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ހަސަން ޒަރީރެވެ. މަޖިލީހުން ފާސްކުރި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމުން އެ ބޭފުޅުންގެ މަގާމު ވަނީ ގެއްލިފަ އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް