މިހާރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރާގައި ލ. ގަމުގެ 40 ގެއަކަށް ފެންވަދެއްޖެއެވެ.
އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ، ލ.ގަމުގެ ގިނަ ގެތަކަށް ފެން ވަދެގެން އެމްއެންޑީއެފް އާއި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ގަމުގެ 40 ގެއަކަށް ފެންވަދެފައިކަމަށް ރިޕޯޓްކޮށްފައިވާއިރު، ގެތަކަށް ފެންވަދެ ނުދިނުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި، އިތުރު ގެތަކުގެ ހާލަތު ބެލުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
ދެކުނު ބައެއް ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި، ބައެއް ރަށްތަކުގައި ދަނީ ފެންބޮޑުވަމުންނެވެ. އަދި އޭގެ ސަބަބުން ބައެއް ގެތަކަށް ފެން ވަންނަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.