ރައީސް ނަޝީދު އިސްތިހާރު ކުޅުއްވަނީ - ފޮޓޯ: ނަޝީދު

ރައީސް ނަޝީދު ބައިސްކަލް އިސްތިހާރެއްގައި!

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިސްކަލް އިސްތިހާރެއް ކުޅުއްވައިފިއެވެ.

ރައީސް ނަޝީދު ކުޅުއްވި އިސްތިހާރުގައި ފެނިގެންދަނީ ނަޝީދު ބައިސްކަލެއްގެ މަތީ ހުންނަ މަންޒަރާއި އުފާވެރި ހިނިތުންވުމަކާއެކު ފޮޓޯއަކަށް ހުއްޓި ތިބި އާއިލާއެއްގެ ފޮޓޯއެކެވެ.

ނަޝީދު ކުރެއްވި މި އިސްތިހާރު ޓްވީޓްގައި އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު އަރާ ހުންނެވީ "ހަބު ސްޕީޑް" އިން ވިއްކާ ބައިސްކަލަކަށް ކަމަށެވެ.

"ހަބު ސްޕީޑްގެ ބައިސްކަލެއް، ސްޓެއިންލެސް ސްޓީލް ވޮށި، ބޫސް އަދި ނަރުތައް." ނަޝީދުގެ އިސްތިހާރުގައި ވިދާޅުފައިވެއެވެ.

ނަޝީދު ވިދަޅުވީ، އެމަނިކުފާނުގެ ފުރަތަމަ ބައިސްކަލުން ފެށިގެން މިއަދާ ހަމައަށްވެސް ބައިސްކަލް ހަދައިދެއްވަނީ ސައްތާރާއި ސަމަދު ކަމަށެވެ.

"ގުޅުއްވާނީ އަބާގޭ ސައްތާރަށް، ހަމަ ގައިމުވެސް ކޮލިޓީ ކަށަވަރު ވާނެ." ނަޝީދުގެ އިސްތިހާރު ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ނަޝީދު މިފަދަ އިސްތިހާރެއް ކުޅުއްވިއިރު، 2013 ވަނަ އަހަރުގެ މަޖިލިސް ކެމްޕޭނުގައިވެސް، މަޝްހޫރު ބައިސްކަލް ހަދާގެ، އަބާގެއަށް ޒިޔާރަތް ކުރައްވާފައިވެއެވެ.

2013 އޮގަސް 13 - ކެމްޕޭނުގައި އަބާގެ ގަރާޖުގައި - ފޮޓޯ: މީސްމީޑިއާ

މަޖިލިސް ކެމްޕޭނުގައި އުޅުއްވާ ނަޝީދުގެ މި ޓްވީޓަށް އެމަނިކުފާނުގެ ގިނަ ސަޕޯޓަރުންގެ ތައުރީފް އަންނަނީ އޮހެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް