ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން އެރަށު ޒުވާނަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ފުވައްމުލަކު، ދިގުވާނޑު / އެފްރޯ، އަޙްމަދު އިޔާޝް ވަސީމް (19އ) އެވެ.
އޭނާ ހޯދަމުންދަނީ ކޮން މައްސަލައަކާއި ގުޅިގެންކަން ފުލުހުން ވިދާޅެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ އެ ޒުވާނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792803ށް ގުޅުއްވައި ޙިއްސާކުރެއްވުމަށް އެދޭކަމަށެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.