ޝެއިޚް ޢަލީ ޒައިދު .......

ޤުރުއާނާއި ހަދީޘުން ސާބިތުވީމަ ނޯ އޭ ނުބުނެވޭނެ - ޝެއިޚް ޒައިދު

މާތްވެގެންވާ ކީރިތި ޤުރުއާނާއި، ޞައްހަ ހަދީޘުން ކަމެއް ސާބިތުވުމުން އެކަމަށް "ނޯ" އޭ ނުބުނެވޭނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޢަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާތް ﷲ ކަމެއްގައި ގޮތް ކަނޑައަޅުއްވައި ނިންމަވާފައިވާނަމަ، އޭގެ މައްޗަށް ބަސް ކިޔޭނެ މީހެއް ނުހުންނާނެ ކަމަށެވެ.

"ޤުރުއާން އަދި ޞައްހަ ހަދީޘުން އެކަމެއް ސާބިތުވީމާ، ނޯ އޭ ބުނުމުގެ ހައްޤު އެއްވެސް މުސްލިމަކަށް ނޯންނާނެ." ޝެއިޚް ޒައިދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޝެއިޚް ޒައިދު އިތުރަށް ވިދާޅުވީ، ރުހުނަސް ނުރުހުނަސް މުސްލިމެއް ކަމުގައި ވަނީނަމަ ޤުރުއާނާއި، ސުންނަތަށް ތަބާވާންޖެހޭނެ ކަމަށެވެ.

ޝެއިޚް ޒައިދުގެ ޓްވީޓްގައި އެ ވިދާޅުވާ ވިދާޅުވުން ރައްދުވަނީ ސީދާ ކޮން ފަރާތަކަށްކަން އެނގެން ނެތް ނަމަވެސް، ނިމިގެން މިދާ ހަފްތާއަކީ ދީނާ ބީރަށްޓެހި ވާހަކަތައް އާއްމުވަމުންދާ ދުވަސްތަކެކެވެ. އެގޮތުން ބަލާއިރު، ދިއްދޫ ކައުންސިލް މެމްބަރު ޢަލީ ހާޝިމް، ދީނީ ދަރުސްތަކަށާއި، ބުރުގާ އެޅުމަށް ފާޑުވިދާޅުވެފައި ވާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް