މ.މުލި ހޮސްޕިޓަލް - ފޮޓޯ: މީސްމީޑިއާ

ޕެރެލައިޒްވެގެން ދޯނި ތެރެއަށް ވެއްޓުނު ކެޕްޓަނަކަށް އަވަސް ފަރުވާދެނީ

މާލެއިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދިޔަ "އޭއޭއޭ-37" ނަމަކަށް ކިޔާ ދޯނީގެ ކެޕްޓަން ޕެރެލައިޒްވެގެން ދޯނި ތެރެއަށް ވެއްޓުމާއި ގުޅިގެން މ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މ.މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދިޔަ "އޭއޭއޭ-37" ނަމަކަށް ކިޔާ ދޯނީގެ ކެޕްޓަން ކުއްލި ޞިއްޙީ މައްސަލައެއް ދިމާވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

"މިހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބުނީ މިއަދު ހެނދުނު 09:18 ހާއިރު، ހާދިސާގެ މަޢުލޫމާތު ލިބުމާއެކު މ.އަތޮޅު ސީއެންބިއުލަންސް ވަނީ އެސަރަހައްދަށް ފޮނުވާފައި. މި ބަލިމީހާ މ.އަތޮޅު ސީއެންބިއުލަންސުގައި މ.މުލިއަށް ގެންގޮސްދެވިފައިވަނީ މިއަދު ހެނދުނު 10:57 ހާއިރު. މި ބަލިމީހާ މިހާރު ވަނީ މ.އަތޮޅު ހޮސްޕިޓަލަށް ގެންދެވިފައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ދޯނިން ދަތުރުކުރީ ދިވެއްސަކާއި، 5 ބިދޭސީން ކަމަށާއި، އެ ސަރަހައްދުގައި އޮތް ސަފާރީއެއްގެ ކެޕްޓަނުގެ އެހީތެރިކަމާއެކު އެ ދޯނި މ.މުލިއަށް ގެންގޮސްފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ