މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ދަށުން ހިންގަމުންދާ ހދ.ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް 100 ފިޔޮއް ބޭނުންވެގެން އިއުލާން ކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރެއްވި އިއުލާނެއްގައި ވިދާޅުވީ، 100 ފިޔޮކާއި، 10 ބަސްތާ ކުކުޅު ކާނާ، 17 ބަސްތާ ބޭގް ގްރޯވާ ފީޑް އަދި 60 ބަސްތާ ލޭޔަރ ފިނިސަރގެ އިތުރުން 12 ބަސްތާ ހަނޑޫ ބޭނުންވާ ކަމަށެވެ.
އެ މިނިސްޓްރީން ވިދާޅުވީ، މި ތަކެތި ފޯރުކޮށްދޭން ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 މާރިޗް 10 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން އެ މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދިލައްވާ ކަމަށެވެ.
ކޮންމެ އައިޓަމެއް ވަކިން އަގު އެނގޭނޭހެން އަގު ހުށަހަޅަންޖެހޭއިރު، މި ބީލަމުގައި އަގަށް 60 ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާއިރު، މުއްދަތާއި ތަޖުރިބާއަށް ދިނުމަށް ހަމަޖެހިފައިވަނީ 20 ޕޮއިންޓެވެ.
ގިނަ އަދަދެއްގެ ކުކުޅު ފިއޮއް ހޯދަން މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރެއްވި އިއުލާޏުގައި މީގެ އިތުރުންވެސް ބައެއް ތަކެތި ބޭނުންވާކަމަށް ވިދާޅުވެފައިވެއެވެ.




