މީދޫ ދާއިރާގެ މެންބަރު އަދި ކެންޑިޑޭޓް ރޮޒައިނާ އާދަމްގެ ކެމްޕޭނަށް ހުކުރު ދުވެހުގެރޭ މީދޫ ބަނދަރުގައި ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު މަދުވެގެން، ރޮޒައިނާ ހިތްހަމަނުޖެހުން ފާޅުކުރިކަމަށް އޮންލައިން ނޫސް "ވަގުތު" ގައި ޝާއިއުކުރި ޚަބަރާއި ގުޅިގެން އެ ނޫހާ ދެކޮޅަށް ކޯޓަށް ދިއުމަށް ވިސްނަމުންދާކަމަށް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކެމްޕޭންގެ ތެރޭގައި ކަނޑައެޅިގެން ދޮގު ޚަބަރު "ވަގުތު" އިން ފަތުރާފައިވާ ކަމަށާއި، އެކަމާ ގުޅިގެން ކޯޓަށް ދިއުމަށް ކެމްޕޭން ޓީމުން އެކަމަނާއަށް ރިކުއެސްޓް ކުރަމުން ގެންދާ ކަމަށެވެ.
"ކެމްޕޭން ތެރޭ "ވަގުތު" އިން ކަނޑައެޅިގެން ދޮގު ޚަބަރު ފަތުރާތީވެ އަޅުގަނޑުގެ ކެމްޕޭން ޓީމުން ކޯޓަށް ދާން ރިކުއެސްޓް ކުރޭ. ބޮރޯޑްކޮމް އަދި އިލެކްޝަންސް ކޮމިޝަނުން މައްސަލަ ބައްލަވައިދެއްވުން އެދެން. އަދި ކޯޓަށް ދިއުމަށް އެބަ ވިސްނަން." މެންބަރު ރޮޒައިނާ އާދަމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
"އެޖެންޑާ 19، މީދޫ ދާއިރާގެ ޖަލްސާއަށް ހާޒިރުވި މީހުން މަދުވެގެން ކެންޑިޑޭޓް ކޯފާވެފައި" ސުރުހީގައި "ވަގުތު" ނޫހުގައި ޝާއިއު ކޮށްފައިވާ ޚަބަރުގައި ބުނެފައިވަނީ އެ ޖަލްސާގައި ބައިވެރިވީ މާލެއިން ދިޔަ މީހުނާ އެއްކޮށް 216 މީހުން ކަމަށާއި، މީހުން މަދުވެގެން ކެންޑިޑޭޓް ކޯފާވެގެން ކެމްޕޭން ޓީމުގައި އެވާހަކަ ދައްކާފައިވާ ކަމަށެވެ.
Campaign eh therey @VaguthuOnline in kanda elhigen dhogu habaru fathuraathy alhuganduge campaign team in court ah dhaan request kurey. @broadcomMV + @ElectionsMv in massala balaadhevvun edhen. Adhi court ah dhiumah eba visnan. https://t.co/m2quzthnbx pic.twitter.com/hmHd6UknBw
— ?? ??????? ???? ? (@Roxeyna) March 3, 2019
"ވަގުތު" އިން އެ ޚަބަރު ޝާއިއު ކޮށްފައިވަނީ ނަން ހާމަނުކުރަން އެދޭ ރޮޒައިނާގެ ކެމްޕޭން ޓީމުގެ މެންބަރަކާ ހަވާލާދީއެވެ. ޤާނޫނީގޮތުން އެ ޚަބަރާ މެދުގައި ކަންބޮޑުވުމެއް ވާނަމަ އެ ނޫހަށް ގުޅައި، އެކަން އިސްލާހުކުރަން އެންގުމުން އިސްލާހް ކުރަން އެންގުމުން ދެކޮޅު ހަދައިފިނަމަ އެ މައްސަލައެއް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅިދާނެއެވެ.
މީޑިއާގެ މިނިވަންކަމަށް ވަކާލާތު ކުރައްވާ އެމްޑީޕީން އިސްވެ އޮވެ ގެނައި މި ސަރުކާރުންވެސް މީޑިއާއަށް ބިރު ދެއްކުމަށް މަސައްކަތް ކުރާތީވެ ބައެއް ނޫސްވެރިން އެކަމާ ކަންބޮޑުވުން ފާޅުކުރެއެވެ.




3 Responses
2016 މީހުން އެެއް ނޫން 216 މީހުން ދިޔައީ
ރަނގަޅު. ނޫސްވެރިކަމުގެ ޓެގް އަޅުވައިގެން ބޭނުންހާ ދޮގެއް ނުހެދޭނެ. އެޔަކަށް ނޫސްވެރިކަމެކޭ ނުކިޔޭނެ. އެކަމާ އެއްޗެއް ބުނާ އިރަށް މިވަނީ ބިރުދެއްކުމަށް. ޙެހެހެ.. ރޮޒޭ ރަނގަޅު
މީނަ ނުހޮވިއަޖެއްޔާ މަ ބޭނުން ޕާޓީ ބާއްވަން