އައިޖީއެމް ހޮސްޕިޓަލް- ފޮޓޯ: ފެށުން

ޗިކަންގުންޏާ ޖެހިގެން މާލެ ސަރަހައްދުން އެކަނި 206 ކޭސް ރިޕޯޓްކުރި - އެޗްޕީއޭ

މިއަހަރުގެ މިހާތަނަށް އައިއިރުގައި ޗިކަންގުންޏާ ޖެހިގެން މާލެ ސަރަހައްދުން އެކަނި 206 ކޭސް ރިޕޯޓް ކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (ޢެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފެބުރުވަރީ މަހުގެ 2 ވަނަ ހަފްތާގެ ތެރޭގައި 75 މީހުންނަށް ޗިކަންގުންޏާ ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، ފެބުރުވަރީ މަހުގެ ފަހު ހަފްތާގައި އެ އަދަދު 32 އަށް ދަށްވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ، ޗިކަންގުންޏާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހުޅުހުޅުގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، ބައެއް ހުޅުހުޅު ދުޅަވުމުގެ އިތުރުން ކުދި ބިހިތަކެއް ނެގުން ހިމެނޭ ކަމަށެވެ.

"ޑެންގީ ފަދައިން ޗިކަންގުންޏާއަކީވެސް ވަކި ޚާއްޞަ ފަރުވާއެއް އޮތް ބައްޔެއް ނޫންކަމުން ބަލި ޖެހުމުން، ގިނައިން އަރާމުކުރުމާއި، ދިޔާ އެއްޗެހި ބޭނުންކުރުން މުހިންމު." އެޗްޕީއޭގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ހުން އަންނަ ނަމަ ޕެރެެތްމޯލް ނޫން އެހެން ބޭހެއް ބޭނުން ނުކުރައްވުމަށާއި، 3 ދުވަސްތެރޭގައި ހުން ރަނގަޅު ނުވާނަމަ ނުވަތަ އިތުރަށް ގޯސްވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވައެވެ.

ޑެންގީ ހުމުގެ އިތުރުން ޗިކަންގުންޏާ އަކީވެސް ޑެންގީ ހުން ފަތުރާ އީޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ