އަންނަ އެޕްރީލް 6 ވަނަ ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން ތަނެއްގައި ވޯޓް ލުމަށް ރީ ރަޖިސްޓާ ކުރަން ހުޅުވާލި މުއްދަތުގައި، 21،203 ފޯމް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ރީ- ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު ރޭ ދަންވަރަށް ނިމުނު އިރު، އަކުރަމް ވިދާޅުވީ 21203 ފޯމްގެ ތެރެއިން ތިންބައިކޮށްފަ ދެބައި ހުށަހަޅާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
އެހެންކަމުން ރީ-ރަޖިސްޓްރޭޝަން ފޯމްތައް ޕްރޮސެސް ކުރަން ދެ ދުވަހެއްވަރު ނަގާނެ ކަމަށާއި، ފޯމްތައް އެންޓާ ކުރުމަށް ފަހު، ޝަކުވާއަށް އަލުން ވޯޓާޒް ލިސްޓް އާންމުކުރާނެ ކަމަށްވެސް އީސީގެ ތަރުޖަމާނު އަދި އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވެއެވެ.
އަންނަ އެޕްރީލް ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 264589 މީހަކަށް ލިބެ އެވެ. އީސީއިން މަޖިލިސް އިންތިހާބަށް ވޯޓާސް ލިސްޓް އާއްމުކޮށްފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓާސް ލިސްޓް އެކުލަވާލި ގޮތަށެވެ. އެހެން ކަމުން އަލުން ރީ ރަޖިސްޓާ ކުރަން ޖެހެނީ، ރިޔާސީ އިންތިހާބުގައި ވޯޓްލީ ތަން ބަދަލުވާނަމަ އެވެ.




