ވޯޓް ކަރުދާހެއް - ފޮޓޯ: އަވަސް

އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ކޮން ދާއިރާއަކަށް؟

އަންނަ އެޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރައްވަނީ މާފަންނު ހުޅަނގު ދާއިރާއަށެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާއްމުކުރައްވާފައިވާ ކެންޑިޑޭޓުންގެ ލިސްޓަށް ބަލާއިރު، މަޖިލީހުގެ 87 ދާއިރާގެ ތެރެއިންވެސް އެންމެ ވާދަވެރި ދާއިރާއަކީ މާފަންނު ހުޅަނގު ދާއިރާއެވެ. އެ ދާއިރާއަށް 10 ކެންޑިޑޭޓަކު ވާދަކުރައްވައެވެ.

އެންމެ ވާދަވެރި މާފަންނު ހުޅަނގު ދާއިރާއަށް 5 ސިޔާސީ ޕާޓީއަކުންނާއި އަމިއްލަގޮތުން 5 ކެންޑިޑޭޓުން ވާދަކުރައްވައެވެ. ވާދަކުރާ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ޑީއާރުޕީ، ޕީއެންސީ، އެމްޓީޑީ އަދި އެމްޑީއޭގެ އިތުރުން އެމްޑީޕީ ހިމެނެއެވެ.

މާފަންނު ހުޅަނގު ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓުން:
ކެންޑިޑޭޓް ނަންބަރު 1 - ޢަބްދުﷲ ޢަބްދުއްރަޙީމް، މ.ހިލްއިންދަގަރޑެން، މާލެ (ޑީއާރުޕީ)
ކެންޑިޑޭޓް ނަންބަރު 2 - އަޙްމަދު ޝަރީފް ޔޫސުފް، މ.ސަތާވަރީގެ، މާލެ (އަމިއްލަގޮތުން)
ކެންޑިޑޭޓް ނަންބަރު 3 - ޤީލާ ޢަލީ، މ.ގީލާވިލާ، މާލެ (ޕީއެންސީ)
ކެންޑިޑޭޓް ނަންބަރު 4 - މުޙައްމަދު ޝިނާން، މ.ރީފްސައިޑް، މާލެ (އެމްޓީޑީ)
ކެންޑިޑޭޓް ނަންބަރު 5 - އަޙްމަދު ނިޡާމް، ހުޅުމާލެ، އެންދެރި 3، މާލެ (އަމިއްލަގޮތުން)
ކެންޑިޑޭޓް ނަންބަރު 6 - މުޙައްމަދު ފަލާޙް، މ.ކުޑަވެޔޮމަތީގެ، މާލެ (ޢެމްޑީޕީ)
ކެންޑިޑޭޓް ނަންބަރު 7 - ޢާއިޝަތު ރަފިއްޔާ (ޑރ.ރަފީ)، މ.ވޭވިންގލައިޓް، މާލެ (އެމްޑީއޭ)
ކެންޑިޑޭޓް ނަންބަރު 8 - މުޙައްމަދު ޝާހީން، މ.ޕެޓީބާރޑް، މާލެ (އަމިއްލަގޮތުން)
ކެންޑިޑޭޓް ނަންބަރު 9 - އަޙްމަދ ސިވައިބު، މ.ނޫވިލު، މާލެ (އަމިއްލަގޮތުން)
ކެންޑިޑޭޓް ނަންބަރު 10 - އިސްމާޢީލް މާޖިދު، މ.ކޮކާވިލާ، މާލެ (އަމިއްލަގޮތުން)

މާފަންނު ހުޅަނގު ދާއިރާއަށް 10 ކެންޑިޑޭޓުން ވާދަކުރައްވާއިރު، މާލޭގެ އެހެނިހެން ދާއިރާތަކަށްވެސް ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރެއެވެ. ނަމަވެސް މެދުހެންވޭރާއި، މާފަންނު އުތުރު އަދި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ޢަދަދު މަދެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ ތަފްސީލު ލިސްޓް:

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ