ފާޅު ބޯޓު - ފޮޓޯ: ކުޅުދުއްފުށި ލައިވް

ސްޓްރޯކެއް ޖެހުނު ފާޅުބޯޓުގެ ފަޅުވެރިޔާ ނިޔާވެއްޖެ

ކުޅުދުއްފުއްޓާއި މާލެއާއި ދެމެދު ދަތުރުކުރާ "ފާޅު" ބޯޓުން ދަތުރުކުރަމުން ދަނިކޮށް ސްޓްރޯކެއް ޖެހުނު އެ ބޯޓުގެ ފަޅުވެރިޔާ އިތުރު ފަރުވާއަށް މާލެ ގެންދަނިކޮށް ނިޔާވެއްޖެއެވެ.

ފާޅު ބޯޓުގެ ފަޅުވެރިޔާ، ހދ.ކުޅުދުއްފުށި، ރީގަލް، ޔޫސުފް މޫސާ(55) ނިޔާވެފައިވަނީ، ބޯޓުން މާލެ ދަތުރުކުރަނިކޮށް ސްޓްރޯކެއް ޖެހި ހާލު ދެރަވުމާއި ގުޅިގެން، ހޮޅުދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ސީއެމްބިއުލާންސްގައި މާލެ ގެންދަނިކޮށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ޔޫސުފް މޫސާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި ސީއެމްބިއުލާންސްގައި މާލެ ގެންދަނިކޮށް، ހާސު ސީރިއަސްވެގެން ރޭ މެންދަމު 02:30 ހާއިރު ނައިފަރަށް ކައިރިކޮށްފައިވާ ކަމަށެވެ.

މިނޫހަށް އެނގިފައިވާ ގޮތުގައި ޔޫސުފްގެ ހަށިގަނޑު މިހާރު ވަނީ އުފަން ރަށް، ކުޅުދުއްފުއްޓަށް ގެންގޮސްފައެވެ.

ޔޫސުފް މޫސާގެ މައްޗަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު އަޞްރު ނަމާދަށްފަހު ކުޅުދުއްފުށީ މަސްޖިދުލް ޚަޟާރަތުގައެވެ.

މިއީ ޔޫސުފަ ފާޅު ބޯޓުގެ ފަޅުވެރިއަކަށް އެރި ފުރަތަމަ ދަތުރުކަމަށް އެސަރަހައްދަށް ނިސްބަތްވާ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. boahalaaku

    Stroke jehuny faalu boat tha. Thioiyh surukhee eh dho

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ