އައްޑޫ އާ ހޮސްޕިޓަލްގެ ޚިދުމަތް ފެށުން ފަސްކޮށްލައިފިއެވެ.
އައްޑޫގައި ސަރުކާރުން އިމާރާތްކޯށްފައިވާ 100 އެނދުގެ މި ހޮސްޕިޓަލަކީ އަތޮޅު ތެރޭގައި ތަރައްޤީކޮށްފައިވާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލެެވެ. ކުރިން މި ހޮސްޕިޓާ ނުހުޅިކަމުގައި ވިޔަސް މިއަދު ހޮސްޕިޓަލުގެ ޚިދުމަތްތައް ފެށުމުމަށް އޮތީ ހަމަޖެހިފައެވެ.
އެގޮތުން ހެލްތް މިނިސްޓްރީން ވިދާޅުވެފައިވަނީ މިއަދު އެ ހޮސްޕިާޓަލްގެ ޚދުމަތްތައް ފެށިފައިނުވަނީ ވާންޖެހޭ ބައެއްތައްޔާރީތަށް ނުނިމުމުގެ ސަބުބުންކަމަށެވެ. ނަމަވެސް ޚިދުމަތްތައް ދެން ފަށާނެ ވަކި ތާރީޚެއް ހެލްތް މިނިސްޓްރީން ވިދާޅުވެފައެއް ނުވެއެވެ.
އައްޑޫ އާ ހޮސްޕިޓަލަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ހަދާފއިވާ ކޮންވެންޝަން ސެންޓަރުގައި ތަރައްޤީ ކޮށްފައިވާ ހޮސްޕިޓަލެކެވެ. އެގޮތުން އައްޑޫ އިކިއެޓޯރިއަލް ހޮސްޕިޓަލަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގެ ވެރިކަމުގައި 160 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދު ކޮށްގެން ހަދަން ފަށާފައިވާ ހޮސްޕިޓަލެކެވެ.
2016 ވަނަ އަހަރު މަސައްކަތް ފެށި މި ހޮސްޕިޓަލްގެ ޚިދުމަތް ކުރިން މިއަދު ފެށުމަށް ހަމަޖެހިފައި އޮތް އިރު ފުރަތަމަ ފަށަނީ އާއްމު ބަލިތަކުގެ ޚިދުމަތްތަކެވެ. އެހެން ނަމަވެސް ސްޕެޝަލިސްޓް ބައެއް ޑޮކްޓަރުންގެ ޚިދުމަތްވެސް އެ ހޮސްޕިޓަލުން ލިބޭނެކަމަށް ހޮސްޕިޓަލްގެ މެނޭޖްމަންޓުން ވަނީ ބުނެފައެވެ. އެގޮތުން މި ހޮސްޕިޓަލްގެ ޚިދުމަތް ފަށާއިރު 25 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 11 މެޑިކަލް އޮފިސަރުން ޚިދުމަތްދޭނެއެވެ. އަދި 73 ނަރުހުން މަސައްކަތްކުރާނެއެވެ.
ޚިދުމަތްތައް މުޅިން ފެށުމުން ކާޑިއޯ، ޔޫރޮލޮޖީ، ރެސްޕިރެޓަރީ، ޑެންޓަލް، ރީޕްރޮޑަކްޓިވް ހެލްތު އަދި އެކި ކަހަލަ ތެރަޕީތައްވެސް ފަށާނެއެވެ. އަދި ބޮޑެތި ބަލިތަކަށް ތަޙްލީލްކުރުމާއި ބޮޑެތި އޮޕަރޭޝަންކުރުންވެސް ހޮސްޕިޓަލުގައި ކުރިއަށްދާނެއެވެ. މި ޚިދުމަތްތައް ދިނުމަށް ބޭނުންވާ މެޝިންތައް އިންސްޓޯލްކޮށް ޓެސްޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.