"އިންޑިޔާ ސިފައިން ފައިބާ" މިނަމުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން ކުރިޔަށް ގެންދަން އުޅުނު އިވެންޓަށް ހުރަސް އަޅަފިއެވެ.
އުމަރު ނަސީރުގެ ރަސްމީ ފޭސްބުކް ޕޭޖް އިން ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ އިވެންޓް ކުރިޔަށް ގެންދިއުމަށްޓަކައި ބުކްކޮށްފައިވާ ދަރުބާރުގެ ފައިސާވެސް ދަައްކާފައި އޮއްވާ, މިނިސްޓްރީގެ ބޭނުމަކަށް ކަމަށްބުނެ ދަރުބާރުގެ ނުލިބޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.
"އިންޑީޔާ ސިފައިން ފައިބާ، މި އިވެންޓަށްޓަަކައި ދަރުބާރުގެ ހަކުރާ މާލަމް ބުކްކޮށް، ފައިސާ ދައްކާފައި އޮއްވާ، 'މިނިސްޓްރީގެ ބޭނުމަކަށް ތަން ނެގީ' ކަމަށް މިއަދު އަޅުގަނޑަށް އަންގައިފި. މިހާރު މިގެންދަނީ އެހެން މާލަމެއް ނުވަތަ ސްކޫލެއް ލިބޭތޯ ބަަލަމުން" އުމަރު ވިދާޅުވިއެވެ.
އިންޑިޔާއިން "ހަދިޔާ" ކޮށްފައިވާ ހެލިކޮޕްޓަރުތައް ބެލެހެއްޓުމަށް ކަމަށްބުނެ ރާއްޖޭގެ ދެ ސަރަހައްދެއްގައި އިންޑިޔާގެ ސިފައިން ހަރަކާތްތެރިވަމުންދާތީ، ގިނަ ދިވެހިން މީގެ ކުރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.