ރައީސް ޞޯލިޙް - ފޮޓޯ: ރައީސް އޮފީސް

ކައުންސިލްތަކުގެ %33 އަންހެނުންނަށް ޚާއްސަ ކުރި އިސްލާހު ތަސްދީގު ކުރައްވައިފި

ލާމަރުކަޒީ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލް ތަސްދީގު ކުރައްވާފައިވަނީ ކްރޮސްރޯޑްގައި ލޯކަލް ކައުންސިލަތަކާއެކު މަޝްވަރާ ކުރުމުގެ ގޮތުން މިއަދު ފެށި މަހާސިންތާގައެވެ.

https://twitter.com/MvSpokesperson/status/1206154307130687488

މިއަދު ތަސްދީޤު ކުރެވުނު އިސްލާހާއެކު ކައުންސިލްތަކަށް ވަރަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެއެވެ. އެގޮތުން ދަޢުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމަށް ވަނީ ވަނީ ހަމަޖެހިފައެވެ. އަދި ރަށްރަށުގައި ހުންނަ ބިންތަކުން ލިބޭ ކުލި އެއްކޮށް އެރަށުގެ ކައުންސިލްތަކަށް ލިބޭ ގޮތަށްވެސް މި އިސްލާހުގައި ވެއެވެ.

މީގެ އިތުރުން ކައުންސިލްތަކުގެ %33 އަންހެނުންނަށް ޚާއްސަ ކުރައްވާފައިވާއިރު، ކައުންސިލްތަކުގެ އުމުރުވެސް ވަނީ ފަސް އަހަރަށް އިތުރުކޮށްފައެވެ. އަދި ކައުންސިލަރުންގެ އަދަދު އިތުރު ކުރުމަށްވެސް މި އިސްލާހުގައި ހިމެނިފައިވެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅި މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 13 އިސްލާހާއެކުއެވެ. މި އިސްލާހުގައި ބުނާގޮތުން ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުންގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ ރައީސުން އިންތިޚާބު ކުރާނީ ކުރާނީ ސީދާ ރައްޔިތުންގެވޯޓުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ