ކައުންސިލަރުންގެ އަދަދު އިތުރުކުރުމަކީ ސަރުކާރަށް ބުރަކަމެއްނޫން - ރައީސް ޞޯލިޙް

ކައުންސިލަރުންގެ އަދަދު އިތުރުކުރުމަކީ ސަރުކާރަށް ބުރަކަމެއް ނޫންކަމަށް ރައީސް ޞޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞޯލިޙް މިހެން ވިދާޅުވީ، "ވިއަވަތި ރާއްޖެ" ނަމުގައި ހުރިހާ ކައުންސިލް ބައިވެރިވެގެން ކުރިއަށްގެންދާ މަހާސިންތާ ގައި ވާހަކުފުޅުދައްކަވަމުން ދާދި ދެންމެއެވެ.

ކައުންސިލްގެ އަދަދު އިރުކުރުމަކީ ސަރުކާރަށް ބުރަބޮޑުވާނެކަމެއްކަމަށް ކ.ހުރާ ކައުންސިލްގެ ރައީސް ވިދާޅުވުމުން އެކަމަށް ރައްދުދުދެއްވަމުން ރައީސް ޞޯލިހް ވިދާޅުވީ، އެއީ ބުރައެއް ނޫން ކަމަށެވެ.

"އެއީ ބުރައެއް ނޫން. އަޅުގަނޑުމެން ހިސާބުކޮށްފައި، އުފުލޭ ވަރުގެ ކަމަށް ވާތީ އަޅުގަނޑުމެން އެކަން ކުރީ، އެކަމަށް ދައުލަތުގެ ބަޖެޓުން އިތުރުކުރަންޖެހެނީ 48 މިލިއަން ރުފިޔާ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

އިތުރަށް ރައީސް ޞޯލިޙް ވިދާޅުވީ، ކައުންސިލަރުންގެ އަދަދު އިތުރުކުރަން ދައުލަތުގެ ބަޖެޓުން ހަރަދުކުރަންޖެހޭ އަދަދަކީ، ލާމަރުކަޒުކުރެވިގެން ރައްޔިތުންނާ ކައިރިން، ޚިދުމަތްތައް ދިނުމަށް ބޮޑު އަދަދެއް ނޫން ކަމަށެވެ.

ކައުންސިލްގެ އަދަދު ތިނަކުން ފަހަކަށް ބަދަލުކުރުުގެ ޤާނޫން ރައީސް ޞޯލިހްވަނީ މިއަދު ތަސްތީޤުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ