ރައީސް ނަޝީދު / ފޮޓޯ:އަވަސް

ކައުންސިލްތަކުގެ ބައެއް އަންހެނުންނަށް ދީގެން ފިރެހެނުންނަށް ގެއްލޭނެ އެއްޗެއްނެތް - ރައީސް ނަޝީދު

ކައުންސިލްތަކުގެ ބައެއް އަންހެނުންނަށް ދީގެން ފިރެހެނުންނަށް ގެއްލޭނެ އެއްޗެއްނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިހާރުކުރިއަށްގެންދާ "ވިއަވަތި ރާއްޖެ" މަހާސިންތާގައި ވާހަކަފުޅުދައްކަވަމުންނެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިމަހާސިންތާއަށް ބަލާލިނަމަވެސް ފެންނަނީ ގިނައްދަދަކަށް ފިރެހެންބޭފުޅުން ކަމަށާއި، ހައެއްކަ އަންހެންބޭފުޅުން ވީމާ އެ މަހާސިންތާގައި، މިވާހަކަތައް ދައްކާއިރުވެސް ތިބެވެނީ ވަރަށްބޮޑު ބޭއިންސާފެއްގައި ކަމަށެވެ.

"އަޅުގަނޑު ރާއްޖޭގެ ހުރިހާ އަންހެންބޭފުޅުނަށް ދަަންނަވާލަން ބޭނުނެން ހުރިހާއެންމެނެ ނުކުންނަވާށޭ، ބައްލަވާ ތިންކައުންސިލަރުން އިދެފަ ދެކައުންސިލުން އަންހެނުންނަށް ދިނީމަ ފިރެހެނުންނަށް ގެއްލޭއެއްޗެއް ހަގީގަތުގެ ނެތޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ރައީސް ނަޝީދު އިއުތިމާސް ކުރެއްވީ ކުރިއަށްމިއޮތް ކައުންސިލް އިންތިހާބުގައި އަންހެންބޭފުޅުން، އަންހެންބޭފުޅުންގެ ގޮނޑިއަށާއި އަދި ފިރެހެންބޭޅުންފުޅުންގެ ގޮނޑިއަށްވެސް ކުރިމަތިލެއްވުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ