ލެބަނީސް ފެޝަން ޑިޒައިނަރ އެލީ ސާބް ގެ ސެންޓް ފުރަތަމަ ފަހަރަށް ލެކިއުޓުން ރާއްޖެއަށް ތައާރަފް ކޮއްފިއެވެ.
އެލީސާބް އަކީ ލެބަނާން އުފަން އެހެނަސް މިހާރު މުޅި ދުނިޔޭގެ 160 ލޮކޭޝަނެއްގައި އަމިއްލަ ބްޓީކް ގެންގުޅޭ ފެޝަން ޑިޒައިނަރެކެވެ. އެލީ ސާބް އަކީ ފްރާސްގެ ފެޝަން ފެޑެރޭޝަނުން ޖާގަ ލިބުން ހަމައެކަނި އަރަބި ޑިޒައިނަރެވެ. ހަމައެއާއެކު ބޭރުގެ ގައުމުގެ މީހަކަށް އިޓަލީގެ ފެޝަން ފެޑެރޭޝަނުން ޖާގަ ލިބުނު ހަމަ އެކަނި ޑިޒައިނަރެވެ.

އޭނާގެ އެންމެ ފުރަތަމަ ސެންޓައް ވަނީ ޔޫކޭ، ޔޫއެސް އަދި ފްރާންސްގައި އެއަހަރު ނުކުތް އެންމެ ކާމިޔާބް އާ ސެންޓްގެ އެވޯރޑް ހޯދާފައެވެ.
ލެކިއުޓުން އެލީސާބްގެ 9 ސެންޓެއް ތައާރަފް ކުރިއިރު މިސެންޓް ލެކިއުޓްގެ ފިހާރަ ތަކުންނާއި lecute.com އިން ގަންނަން ލިބެން ހުންނާނެކަމަށް އެފަރާތުންވަނީ ވިދާޅުވެފައެވެ.
