ކޮރަލް ބުލެވާޑް އިމާރާތްކުރުމަށް ބަންދު ކުރި މަގު އަލުން ހުޅުވަނީ

ރަސްފަންނު ސަރަހައްދުގައި ކޮރަލް ބުލެވާޑް އިމާރާތްކުރުމަށް، ބޮޑުތަކުރުފާނު މަގުން ބަންދުކުރި ސަރަޙައްދު އަލުން ހުޅުވާލާނެކަމަށް މާލެ ސިޓި ކައުންސިލުން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރަލް ބޮލެވާޑްގެ މަސައްކަތްތަކަށް ބަންދުކޮށްފައިިވާ މަގު އާއްމުކޮށް ހުޅުވާލުމުގެ މަސައްކަތް ކުރިއަށް ދަނީ ކަމަށެވެ.

މިއަހަރުގެ ޖަނަވަރީ މަސް ނިމުނުގެ ކުރިން މަގު ހުޅުވާލޭނެކަމަށް މީގެ ކުރިން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވި، ނަމަވެސް މަގު ހުޅުވިފައެއް ނުވެއެވެ.

ޝަމާއު ޝަރީފް އާއި ހަވާލާދީ "ރާއްޖެ އެމްވީ" އިން ވިދާޅުވީ ކޮރަލް ބުލެވާޑް އިމާރާތްކުރާ ކުރާ ކުންފުނި، ޗަންގް ހުއާ ކޮންސްޓްރަކްޝަނުން އެ އިމާރާތް ހުޅުމާލެއަށް ބަދަލުކުރުމަށް އެއްބަސްވެފައިވާކަން ރައީސް އޮފީހާއި މީޑިއާ ރިޕޯޓްތަކުން އެނގިވަޑައިގެންފައިވާ ކަމަށެވެ.

ރަސްފަންނު ސަރަހައްދުގައި އެޅުމަށް ނިންމި 100 މީޓަރު އުސް ހަތަރު ޓަވަރުގެ ތެރެއިން އެއް ޓަވަރު ތަރައްގީ ކުރަނީ 228 ކޮޓަރިއާ އެކު ލަގްޒަރީ ހޮޓަލެއްގެ ގޮތުގައެވެ. އެ ހޮޓަލުގެ ބޮޑު މިނަކީ 8،600 އަކަފޫޓެވެ. އަނެއް ތިން ޓަވަރު ހާއްސަކޮށްފައި ވަނީ 533 އެޕާޓްމެންޓާ އެކު ރެޒިޑެންޝަލް ޑިވޮލަޕްމެންޓަށެވެ. އެއީ ދެ ކޮޓަރި އާއި ހަތަރު ކޮޓަރީގެ ލަގްޒަރީ އެޕާޓްމަންޓްތަކެކެވެ. ދެވަނަ ޓަވަރުގައި 10،000 އަކަފޫޓް ހިމެނޭއިރު ތިންވަނަ ޓަވަރު ތަރައްގީ ކުރަނީ 13،000 އަކަފޫޓުގެ ބިމެއްގައެވެ.

ރެޒިޑެންޝަލް ޓަވަރުތަކުގެ 15 ޕަސެންޓްގައި ގުދުރަތީ ގަސް ހިމެނޭ ގޮތަށް ތަރައްގީކުރާ އިރު މިއީ ޒަމާނީ ފެންވަރުގެ ސްވިމިން ޕޫލްތަކާއި ކުޑަކުދިން ކުޅެން ހާއްސަ ސަރަހައްދުތަކުގެ އިތުރުން ބާބަކިއު އޭރިޔާއެއް ވެސް ހިމެނޭ ގޮތަށް ތަރައްގީކުރާ ޓަވަރުތަކެކެވެ. މާލޭގައި ޓަވަރުތައް އެޅުމަށް ނަގާފައިވަނީ ހަތްދިހަ ހާސް އަކަފޫޓުގެ ސަރަހައްދެކެވެ.

މާލެ ވަށާ ދުއްވޭ ގޮތަށް ރިންގް ރޯޑް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ