ދޯންޏަކުން އެންދަމަން އުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ދިވެހި ފިރިހެނެކެވެ. އެހެންނަމަވެސް، އެއީ ކާކުކަން، ފުލުހުން އަދި ހާމަކޮށްފައި ނުވެއެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފައިވަނީ ދޯންޏެއްގެ ފަޅުވެރިއަކަށް އުޅުނު 45 އަހަރުގެ މީހަކު، އެދޯނީގައި ބޭނުންކުރާ ބޮޔެއް އޮޔާދާން ފެށުމުން، އެބޮއި ބަލައިދިއުމަށް ފަތާފައި ދިޔަކަމުގައެވެ. އަދި އެބޮއި ހިފައިގެން އެނބުރި ދޯންޏާ ދިމާއަށް އަންނަނިކޮށް އެމީހާގެ ހަރަކާތް ހުއްޓުނުކަމުގައެވެ.
އެމީހާގެ ހަރަކާތް ހުއްޓުމުން، އެމީހާ ބަލައި ދޯނީގައި ތިބި މީހުން ދިޔަކަމަށާއި، އެމީހުން ގޮސް އެމީހާ ދޯންޏަށް ނެގިއިރު، އެމީހާގެ އަނގައިން ފޮނުތަކެއް އެރިކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ ދޯނީގައި އެމީހުން ގއ. ވިލިނގިލީގައި ހުންނަ ހޮސްޕިޓަލަށް ގެންދިޔަކަމަށާއި، އެހެންނަމަވެސް، ގެންދިޔައިރުވެސް އެމީހާ މަރުވެފައިވާކަމުގައެވެ.
މި ޙާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.